މަސްވެރިޔަކު ކަނޑުމަތީގައި ކުއްލިއަކަށް ނިޔާވެއްޖެއެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ގޮސް އުޅުނު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަން އުޅުނު ކ. ގުޅީއަށް އުފަން އުމުރުން 33 އަހަރުގެ މުހައްމަދު އަކްރަމެވެ. އޭނާ މަހަށް ދިޔައީ ސަވޭރާ ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައެވެ.

އަކުރަމް ނިޔާވީ އެ ދޯނި ބ. އޭދަފުއްޓާ ދިމާ ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އޭނާގެ މެއަށް ތަދެއް އަރާ ނޭވާ ލާން އުނދަގޫވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޯސްޓްގާޑްގެ އެހީތެރިކަމާއެކު އޭނާ އޭދަފުށީ ހޮސްޕިޓަލަަށް ގެންދިއިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.