Ad

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި މާވެޔޮ މަގު ގުޅޭ ހިސާބުގައި ހުރި މއ ސެން ރޯސްގައި ހުރި ގަރާޖެއްގައެވެ. މިހާދިސާގައި 11 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވީ ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިމީހުންނާ ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ މިރޭ 12:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 2 ގަޑިއިރެއްހާ ފަހުންނެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 4 ގަޑިއިރު ފަހުންނެވެ. މިހާދިސާގައި 3 ބުރިއަށް ހުރި އެ އިމާރާތް އަނދާ ހުލިވިކަމަށް މައުލޫމާތު ލިބެއެވެ. އެ ގަރާޖު ހުރި އިމާރާތުގެ މަތީގައި ދިރިއުޅެނީ ބިދޭސީންނެވެ. އަލިފާން ރޯވުމާއެކު އެސަރަހައްދުގެ އެހެން ގެތެކަށް އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް ސިފައިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި އެސަރަހައްދުގައި އެހެން ގެތަކުގައި ދިރިއުޅޭ މީހުން އެގެތަކުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންދިޔައެެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *