Ad

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވެއްޖެ

މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައއި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ. މައުލޫމާތު ލިބިފައިވަ ގޮތުގައި އެގޭގައި ދިރިއުޅުނީ ބިދޭސީންނެވެ. މި އެންމެންވެސް މަރުވެފައިވަނީ އަލިފާނުގެ ހާދިސާ ހިނގުމުން އެގޭގައި ތާށިގެންނެވެ. 

ފުލުހުން ވިދާޅުވީ، މީހުން ހޯދުމުގެ މަސައްކަތް އަދިވެސއ ކުރިއަށް ދާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި މާވެޔޮ މަގު ގުޅޭ ހިސާބުގައި ހުރި މއ ސެން ރޯސްގައި ހުރި ގަރާޖެއްގައެވެ. މިހާދިސާގައި އަނިޔާވި ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް މިމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ 12:30 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ 2 ގަޑިއިރެއްހާ ފަހުންނެވެ. މިހާދިސާގައި 3 ބުރިއަށް ހުރި އެ އިމާރާތް އަނދާ ހުލިވިކަމަށް މައުލޫމާތު ލިބެއެވެ. އެ ގަރާޖު ހުރި އިމާރާތުގެ މަތީގައި މީހުން ދިރިއުޅެއެވެ.

އަލިފާން ރޯވުމާއެކު އެސަރަހައްދުގެ އެހެން ގެތެކަށް އަލިފާންގަނޑު ފެތުރުނަ ނުދިނުމަށް ސިފައިން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި އެސަރަހައްދުގައި އެހެން ގެތަކުގައި ދިރިއުޅޭ މީހުން އެގެތަކުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންދިޔައެެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *