Ad

ހޮރައިޒަންއާ ދޭތެރޭ ހިންހަމަނުޖެހި މަސްވެރިން މާންދޫގައި މުޒާހަރާ ކުރަނީ

ޖުމްހޫެރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒްއާ ދޭތެރޭ ހިންހަމަނުޖެހި އެކުންފުނީގެ މަސްގަންނަ ރަށް ކަމަށްވާ ލ މާންދޫގައި މަސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މާންދޫގައި ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ ކޮޅުމަޑުލާއި ހައްދުންމަތީގެ މަސްވެރިންނެވެ. މުޒާހަރާ ކުރާ މަސްވެރިންގެ މައިގަނޑު ކަންބޮޑުވުން ތަކަކީ، މަސް ކިރުމަށްފަހު ފައިސާ ލިބުން ލަސްވުމާއި، ތެލާއި އައިސް ލިބުމުގެ ހުރި މައްސަލަތެކެވެ. މިގޮތުން މިފްކޯއާއި އެއް އަގެއްގައި ތެލާއި އައިސް ވިއްކުމަށް މަސްވެރިން ދަނީ ގޮވަމުންނެވެ. މުޒާހަރާ ކުރާ މަސްވެރިން މިހާރު ވަނީ މާންދޫ އޮފީސް ކައިރިއަށް އެެއްވެފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަސްވެރިންނަށް މައްސަލަތައް ހައްލުނުވެ މަސް ނުކިރުމުގެ ސަބަބުން ދެކުނުގެ މަސްވެރިން ވަނީ މިދިޔަ އަހަރު މިފްކޯގެ ކޫއްޑޫގައިވެސް މުޒާހަރާ ކޮއްފައެވެ. އަދި ޤާސިމްގެ މަސްލަހަތު އޮންނަ ށ. ކީކިމިނީގައި މަސްގަންނަމުން ނުދާތީ 2020 ވަނަ އަހަރުގެ ފަހުކޮޅު އުތުރުގެ މަސްވެރިން ޅ ފެލިވަރުގައިވެސް ބޮޑު މުޒާހަރާއެއް ބޭއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *