Ad

ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

އެކަމަށްޓަކައި ފުވައްމުލައް ސިޓީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލިސްގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގަރިރު ޖީހާން މަޙްމޫދު އަދި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤުއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ފުވައްމުލައް ސިޓީގެ ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، މީގެ އަށާވީސް އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއްނުކުރާކަން ފާހަގަކުރައްވައި އޭރުގައި މީހުން ބަންދުކުރެވޭ ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭރުގައި އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލާއިރު ދަސްވެގެންދިޔަ ކަމަކީ މިއަދަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފިލާވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭރުގައި މީހަކު ކުށެއްކޮށްފިނަމަ އިންޒާރެއްދިނުމަށްފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާކުރެވޭވަރުގެ މަސައްކަތެއްނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓަރ އޮފީހަށް ފޮނުވާކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައްކޮށްގެން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާކަމަށްވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ކުރީގައި މިގޮތަށް މިކަންކުރާނެ ބަޔަކު ނުތިބޭކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިންކުރާ ކުށްތައް މަދުކުރުމަށް ފުލުހުންކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށްވެގެން ދިއުން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިއަދު ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް ގާއިމުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *