Ad

މަސްތުވާތަކެތި ޓްރެފިކުކުރުމުގެ 3 ދައުވާ އުފުލާފައިވަނިކޮށް، މަސްތުގެ ހާލުގައި ޕާޓީކުރަނިކޮށް ހައްޔަރުކުރި ހުނޭޝާ ދޫކޮއްލައިފި

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަނިކޮށް ހައްޔަރު ކުރި ހުނޭޝާ އާދަމް ނަސީރު (ހުނޫ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ޓިކްޓޮކާއި ބައެއް ފިލްމުތަކުންވެސް ފެނިފައިވާ ހުނޭޝާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

ހުނޭޝާ ހައްޔަރުކުރި އޮޕަރޭޝަންގައި 12 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ބަތަލާ ރިޝްފާވެސް ހިމެނެއެވެ. ރިޝްފާއާއެކު މީގެތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގައި ފުލުހުންގެ ޑްރަގް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހަކު ވެސް ހައްޔަރުކުރިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ މީގެ ކުރިންވެސް ހުނޭޝާ ބަންދުކުރިއެވެ. އެ މައްސަލައިގައި ހުނޭޝާއާއި އޭނާގެ ލޯބިވެރިޔާ ފުލުހުން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުން އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ ޑައިފޯމިން އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *