Ad

ރާއްޖެއަށް ވަގަށްވަދެ މަސްވެރިކަން ކުރި 3 ބޯޓް ކޯސްޓްގާރޑުން އަތުލައިގަނެފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 3 މަސްބޯޓް ކޯސްޓްގާރޑުން އަތުލައިގަނެފިއެވެ.

މި ބޯޓުތަކަކީ ސްރީލަންކާގެ ބޯޓްތަކެކެވެ. އެމްއެންޑީއެފް އިން ކުރި ޓްވިޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ތިން ބޯޓެއް އަތުލައިގަނެފައި ވާކަމަށާ، އަދި މިވަގުތު އެތިން ބޯޓު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރަނިކޮށް ގިނައިން އަތުލައިގަންނަނީ ލަންކާއާއި އިންޑިއާގެ މަސް ބޯޓްތަކެވެ. މި ބޯޓުތަކަކީ ސައިޒްގެ ގޮތުން ވަރަށް ކުދި ދާ އަޅާ މަސް ބޯޓްތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *