Ad

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭން: ރައީސް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައެވެ.

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން.ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް މިހެން  ވިދާޅުވި ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެއެވެ. ޝަކުވާތައް އަދިވެސް ހުރީ ހަމަ އެގޮތުގައެވެ.

މީގެކުރިން މަސްވެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުވަހާ ގުޅޭ ޚާއްސަ ހިތާބެއް ދެއްވައެވެ. ނަމަވެސް މިފަހަރު ޓްވީޓަކުން ނިންމަވައިލެއްވީއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރަނީ  ގދ. ފަރެސްމާތޮޑާގަ އެވެ.

1981 ވަނަ އަހަރުން ފެށިގެންގެން 2011 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އައީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިންގެ ދުވަހަކީ އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހަށް ބަދަލު ކުރެއްވިއެވެ. ނަމަވެސް އޭގެފަހުން ޑރ. މުޙައްމަދު ވަހީދު ޙަސަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި އަލުން ހަމަޖެއްސެވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *