Ad

ނޮޅިވަރަމުގައި އަންހެނަކު މަރާލައިފާ އޮއްވާ ފެނިއްޖެ

ހދ. ނޮޅިވަރަމުގައި އަންހެނަކު މަރާލައިފާ އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސްފައިވާ ކަމަށާއި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަރާލައިފާ ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ މަރާލިކަމުގެ ތުހުމަތުކުރަނީ އޭނާގެ ފިރިމީހާއެވެ. އަނބިމީހާ މަރާލުމަށްފަހު ކުޅުދުއްފުށީގައި ހުއްޓާ އާނާ ވަނީ ހައްޔަރުކޮއްފައެވެ. އެދެމީހުންގެ 3 ކުދިން ތިބެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *