Ad

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ލަސްތަކެއް ނުވެ ހަމަޖެހޭނެ: ރައީސް ސޯލިހު

އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައި ކަމަށެވެ. މަސްވެރިންގެ މައިގަނޑު ގޮތެއްގައި ފާހަގަކުރީ ސަރުކާރުން ކަނޑައަޅާފައިވާ ޑިސްކައުންޓް އަގުގައި ތެޔޮ ގަންނަން ނުލިބުމާއި އައިސް ނުލިބުމާއި ބާނާ މަސް ނުކިރި ލަސްވުމުގެ އިތުރުން މަހަށް ރަނގަޅު އަގެއް ނުލިބުމުގެ ޝަކުވާ ކަމަށެވެ.

"ދެވަނަ ކަމަކަށް މިއަދު ފާހަގަކުރެވުނު އަނެއް ކަމަކީ، ބޭނުންވާ ވަރަށް ތެޔޮ ނުލިބުން. އަޅުގަނޑުމެން މަސްވެރިންނަށް މި ދޫކުރާ ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބުމުގެ ދަތިކަން. އެސް.ޓީ.އޯ.ގެ ސީ.އީ.އޯ. މިތާ އެބަ އިންނެވި. ކުރީ ޒަމާނުގައި މިފްކޯއިން ތެޔޮ ވިއްކަން އޭރު ހަމަޖެހިފައި އެ އޮންނަނީ، އޭރު އެހެން ގޮތެއް ނޯންނާތީ. އެހެން ނަމަވެސް، މިއަދު އެސް.ޓީ.އޯ. އިން ވަކިން ތެޔޮ އެބަ ވިއްކާ. ވަކިން ސަބްސިޑީ ކުންފުންޏެއް އެބައޮތް. އަޅުގަނޑުމެންގެ ވިސްނުމަކީ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންނެވި ގޮތަށް، ތިޔަބޭފުޅުން ބޭނުންވާ ވަރަށް ޑިސްކައުންޓް ރޭޓްގައި ތެޔޮ ލިބޭނެގޮތް އެސް.ޓީ.އޯ. އިން ހަމަޖައްސަވައި ދެއްވުން. އިރާދަކުރެއްވިއްޔާ، ފިއުލް ސަޕްލައި މޯލްޑިވްސް މެދުވެރިކޮށް، ކުރިއަށް އޮތް ތަނުގައި ޑިސްކައުންޓް ރޭޓްގައި އަދި ކްރެޑިޓް ލިބޭގޮތަށް، ކްރެޑިޓަކާ އެކީގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތް ލަސްތަކެއްނުވެ އެސް.ޓީ.އޯ. އިން ހަމަޖައްސައިދޭނެ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *