އެމްއެންޕީގެ ރިޔާސީ ޓިކެޓް، އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމަށް ލިބިއްޖެއެވެ.
ކާނަލް ނާޒިމަށް ޓިކެޓް ކަށަވަރުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމް ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީއެވެ. ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީގެ) ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވީ މިއަދު 14:00 ގައެވެ.
އެމްއެންޕީގެ އިސް ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެފައިވަނީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނާޒިމްއާއި ވާދަކުރުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން، 2023ގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި ހަމަޖެހިގެންދާނީ ޕާޓީގެ ރައިސް ނާޒިމް ކަމުގައެވެ. އެންއެމްޕީ އުފެދުނު ފަހުން އެޕާޓީ ވެފައިވަނީ ވަރަށް ހަރަކާތްތެރި ޕާޓީއަކަށެވެ. މިގޮތުން ޕާޓީގެ މެމްބަރުން އިތުރުކުރުމަށް ޕާޓީގެ ލީޑަރޝަޕުން އަތޮޅުތަކަށް ޒިޔާރަތް ކުރުމާއި، ޕާޓީގެ މައި ޖަގަހައިގައި ޖަލްސާތައް ބޭއްވުން ފަދަ ސިޔާސީ ހަރަކާތްތައް ހިންގައެވެ. ނަމަވެސް އެޕާޓީއަށް "ވަގަށް" މީހުން ވައްދާ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަންގައި ދަނީ ކުރަމުންނެވެ. ދާދިފަހުންވެސް އެމްޑީޕީގެ މަޖިލީސް މެމްބަރަކާއި ރަށެއްގެ ރަށު ކައުންސިލްގެ ރައީސަކަށް ހުންނެވި ޕީޕީއެމްގެ މެމްބަރަކު އެމީހުންނަށް ނޭންގި "ގަދަކަމުން" އެމްއެމްޕީއަށް ވެއްދި މައްސަލައެއް ފެންމަތިވިއެވެ.
ޕާޓީގެ އަސާސީ ޤަވައިދުގެ 36 ވަނަ މާއްދާގެ (ރ) އަދި ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކުރިޔަށް ގެންދާނެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިޕްރައިމަރީއަށް ކުރިމަތިލީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެކަނި ކަމުން، ޓިކެޓު ދިފާޢުކުރެއްވީތީ މަރުޙަބާ ކިޔަން https://t.co/Qnfvcz5NOF
— Shidhatha Shareef (@iamshidhatha) December 14, 2022
އެމްއެންޕީ އުފެދުނުފަހުން އެޕާޓީން އަންނަނީ ބައި އިލެކްޝަންތަކުގައި ވާދަކުރަމުންނެވެ.
One Response
Thiyadhiyaeehama maumoonaa nasheedhaa Qaasimugehukumah