Ad
ރިތިކް ރޯޝަން
ރިތިކް ރޯޝަން

މި އަހަރުގެ އެންމެ ފިރިހެންވަންތަ ބޮލީވުޑް އެކްޓަރުން!!

ބޮލީވުޑް ނުވަތަ ހިންދީ ސިނަމާގެ އެންމެ ހޭންޑްސަމް ނުވަތަ އެންމެ ފިރިހެންވަންތަ ތަރިންނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގިނަ މީހުން ބުރަވަނީ ތިރީގައިވާ ލިސްޓަށެވެ. ޚާއްސޮށް ސޯޝަލް މީޑިޔާގައި އެ ތަރިން ފޮލޯކުރާ މީހުންނާއި އެތަރިންނާ ގުޅޭ ގޮތުން ދީފައިވާ ކޮމެންޓްތަކުން މިކަން މާބޮޑަށް ކަށަވަރުވެ އެވެ.

ރިތިކް ރޯޝަން

ވާދަވެރިކަން ބޮޑުވެފައިވިއަސް، އަދިވެސް ލިސްޓްގެ އެއްވަނަ ހޯދަނީ ރިތިކް ރޯޝަނެވެ. އޭނާގެ އެންމެ ފިރިހެންވަންތަ ސިފަ ކަމަށް ގިނަ މީހުން ފާހަގަކޮށްފައިވަނީ އޭނާގެ ފުރިހަމަ އިސްކޮޅާއި މޫނުގެ ބައްޓަމާއި ފުން ދެ ލޮލެވެ.

ޖެކީ ޝްރޮޕް
  1. ޖެކީ ޝްރޮޕްގެ ދަރިފުޅު ޓައިގަ ޝްރޮފަކީ ބޮލީވުޑަށް ތަޢާރަފް ވީއްސުރެ އޭނާގެ ރީތިކަމާއި ފިރިހެންވަންތަ ކަމަށް ކެނޑިނޭޅި ތަޢުރީފު ލިބެމުން އަންނަ އަޚްލާގު ރަނގަޅު ތަރިއެކެވެ. އޭނާއާމެދު އެންމެ ގިނަ މީހުން ގަޔާވަނީ އޭނާގެ ރީތި ހަށިގަނޑާއެވެ.
ޖޯން އެބްރަހަމް
  1. ޖޯން އެބްރަހަމްގެ ލޮލާއި ތުންފަތާއި ބިޔަ ހަށިގަނޑާއި އިސްކޮޅުގެ ސަބަބުން އޭނާދެކެ ކަނބަލުން ތިބެނީ މޮޔަވެފައެވެ. އެހެންވެ، ބޮލީވުޑްގެ އެންމެ ފިރިހެންވަންތަ ފިރިހެނުންގެ ލިސްޓުން އޭނާގެ ނަން އުނިވެގެނެއް ނުދެއެވެ.
ވަރުން ދަވަން
  1. ހުނަރުވެރި ޒުވާން އެކްޓަރު، ވަރުން ދަވަންގެ ދެ ލޮލުގެ ޖާދޫގައި ނުޖެހެނީ ކޮން އަންހެނެއް ހެއްޔެވެ؟ އޭނާގެ ރީތި ހަށިގަނޑާއި ތުންފަތް އެއީ ފާހަގަ ނުކޮށް ދޫކޮށްލެވޭނެ ތަންތަނެއް ނޫނެވެ.
ސިދާތު މަލޯތުރާ
  1. ޒުވާން ސިދާތު މަލޯތުރާގެ މޫނުގެ ބައްޓަމާއި ހެއާ ސްޓައިލާއި ދިގު އިސްކޮޅާއި އިސްކޮޅާ އެއްވަރުގެ ރީތި ހަށިގަނޑާއި ހިނިތުންވުން ހަމަ އެއް ވަނަ އެވެ. މި ލިސްޓުން އޭނާ ޖާގަ ހޯދީ މި ސިފަތަކުގެ ސަބަބުންނެވެ.
ރަންބީރު ކަޕޫރު
  1. ރަންބީރު ކަޕޫރުގެ މަސްތީ ދެ ލޮލާއި ރަތް ދެ ތުންފަތާއި އިސްކޮޅާ ހެޔޮވަރުގެ ހަށިގަނޑުގެ ސަބަބުން އޭނާއަށް ނަޒަރު ހުއްޓިފައިވާ ލޯތައް ގިނައެވެ.
ޝާހިދު ކަޕޫރު
  1. ޝާހިދު ކަޕޫރުގެ ހަށިގަނޑާއި ހިނިތުންވުމާއި ނޭފަތާއި މޫނުގެ ބައްޓަން ވަރަށް ގިނަ ބަޔަކަށް ކަމުދެއެވެ.
ރަންވީރު ކަޕޫރު
  1. ބޮލީވުޑުގެ ޒުވާން އަދި ހުނަރުވެރި، ސްޓައިލިޝް އެކްޓަރު ރަންވީރު ކަޕޫރަކީ "ޕާފެކްޓް ފިރިހެނެއް"ގެ ގޮތުގައި ފާހަގަނުކޮށް ދޫކޮށްލެވޭކަށްނެތެވެ. އޭނާގެ ބަރު އަޑާއި ފުރިހަމަ ހަށިގަނޑާއި ލޮލާއި މަޖާ މިޒާޖުގެ ސަބަބުން އޭނާގެ ޖާދޫގައި ޖެހޭ މީހުން ގިނައެވެ.
ސަލްމާން ޚާން
  1. ސަލްމާން ޚާނަކީ ބޮލީވުޑްގައި ދެވަނައެއް ނެތް ފަދަ ރީތި ފިރިހެނެކެވެ. އޭނާގެ މަސްތީ ދެ ލޮލާއި ފިރިހެންވަންތަ އަޑާއި ވަރުގަދަ ހަށިގަނޑުގެ އަވައިގައި ނުޖެހޭ އަންހެނަކު ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ.
ޝާހުރުކްޚާން
  1. ޝާހުރުކްޚާނަކީ އުމުރުން ދުވަސްވެފައި ހުއްޓަސް، މިހާރުގެ ޒުވާން އެކްޓަރުންނާ އެއްހަމައެއްގައި އޭނާގެ ރީތިކަން ހިފަހައްޓަމުން އަންނަ ތަރިއެކެވެ. ހިނިތުންވުމާއި ލޮލާއި މޫނުގެ ބައްޓަމާއި ފުރިހަމަ ހަށިގަނޑު ހާދަ ޗާލެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *