Ad

ވޯލްޑްކަޕް 2022: 3 ވަނަ ހޮވާ މެޗު މޮރޮކޯއަށް ޚާއްޞަ!

ވޯލްޑްކަޕްގެ 3 ވަނަ ހޮވާ މެޗުގައި މޮރޮކޯ އާއި ކްރޮއޭޝިއާ ބައްދަލުކުރާ ފޯރިގަދަ މެޗު މިރޭ ކުޅޭނެއެވެ. މިރޭ މެޗަށް ނިކުންނައިރު މޮރޮކޯގެ ކޯޗު ބުނެފަވަނީ ބޭނުންވީ ފައިނަލުގައި ކުޅެންކަމަށާއި، އެހެން ނަމަވެސް މެޑަލް އަކާއެކު ދާންޖެހުމުންވެސް ހިތްހަމަ ޖެހޭނެކަމަށެވެ.

ކްރޮއޭޝިއާ ޓީމަށް ބަލާއިރު އެޓީމު ސެމީފައިނަލްގައި އާޖެންޓީނާގެ އަތުން 0-3 ގެ ނަތީޖާއިން ބަލިވެފައިވާއިރު، ކްރޮއޭޝިއާއަކީ އެންމެ ފަހުގެ ރަނަރަޕް ޓީމެވެ. އެހެން ނަމަވެސް، އޭރުގެ ކްރޮއޭޝިއާގެ ޓީމާއި މިފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ ޓީމުގައި ތަފާތުތަކެއް އެބަހުއްޓެވެ. ކްރޮއޭޝިއާ ޓީމުގައި މޮޑްރިޗް އަދި ޕެރިސިޗް އަދި ބޮރޮޒޮވިޗް ފަދަ ކުޅުންތެރިން ތިބި ނަމަވެސް، ކުރީގެ މުބާރާތުގައި ކުރިއަށް ކުޅުނު މަންޒުގިޗް ފަދަ އިތުބާރުހުރި ފޯވާޑެއް ނެތުމުން ގޯލް ޖަހާނެ ރަނގަޅު ކުޅުންތެރިއެއްގެ މައްސަލަ މިފަހަރު ކްރޮއޭޝިއާއަށްވަނީ ކުރިމަތިވެފައެވެ.

މޮރޮކޯގެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު އެފްރިކާގެ ޓީމަކަށް ވޯލްޑްކަޕްގައި ދެވުނު އެންމެ އުހަށް ދިޔަ ފަހަރަކީ މިފަހަރެވެ. މޮރޮކޯގެ ޓީމުން އެފަޚުރު ހޯދީ ސްޕެއިން އަދި ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ޙަޤީޤަތުގައިވެސް އެއީ ބޮޑު ކާމިޔާބެކެވެ. މޮރޮކޯގެ ޓީމު ވޯލްޑްކަޕްގެ ސެމީ ފައިނަލަށް އަލަކަސް އެޓީމުގެ ސްކޮޑަށް ބަލާއިރު ދުނިޔޭގެ ނަން މަޝްހޫރު ކުލަބްތަކަށް ކުޅޭ ކުޅުންތެރިން މޮރޮކޯގައި އެބަތިއްބެވެ. އެގޮތުން، ޕީއެސްޖީގެ އަޝްރަފް، ސެވިއްޔާގެ ކީޕަރ ބޯނޯ އަދި ފްރެންޗް ލީގުގައި ކުޅެމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ ބޫފާލް އަދި ކެޕްޓަން ސައިސް އަކީ ޓީމުގެ ނަގާކިޔާ ކުޅުންތެރިންނެވެ. މެދުތެރެއަށް ކުޅޭ އަމްރަބަތު އަކީ މިފަހަރުގެ ވޯލްޑްކަޕަށްފަހު ދުނިޔޭގެ ބޮޑެތި ކުލަބުތަކުގެ އެންމެ ބޮޑު ހުށަހެޅުންތަށް ލިބޭނެ މިޑްފީލްޑަރ ކަން ޔަޤީނެވެ. މޮރޮކޯގެ ޓީމަކީ ޤައުމުން ބޭރު ބިދޭސީ ޤައުމުތަކަށް އުފަންވެފައިވާ ކުޅުންތެރިން އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ޓީމެކެވެ. އެހެން ކަމުން ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ރަނގަޅު ވާދައެއް މޮރޮކޯއަށް ކުރެވޭނެކަން އެޓީމުގެ ކޯޗުވެސްވަނީ ފާހަގަކޮށްފައެވެ.  

މޮރޮކޯ އާއި ކްރޮއޭޝިއާ މިހާތަނަށް ދެފަހަރަކު ބައްދަލުކޮށްފައިވާއިރު، ދެފަހަރުވެސް މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *