ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ގަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން އެ ރަށު ކައުންސިލް މެމްބަރުންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ގަމުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދިި އެ ރަށު ކައުންސިލް މެމްބަރުން. pic.twitter.com/wnvBYd7MaJ
— Min.of National Planning, Housing & Infrastructure (@MoNPHImv) December 21, 2022
ގަމުގައި އިމާރާތް ކުރަނީ 100 އަކަފޫޓުގެ 100 ހައުސިންގ ޔުނިޓެވެ. މިއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހާނާގެ އިތުރުން ބަދިގެއާއި ލޯންޑްރީއާއި އަދި ގުދަނެއް ހުންނާނެއެވެ. އަދި ހައުންސިން ޔުނިޓްތައް ހަވާލުކުރާނީ ބަދިގޭގެ ކަބަޑްސެޓްގެ މަސައްކަތްވެސް ނިންމާފައެވެ. 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އެކުންފުންޏާ މި މިމަސައްކަތް ހަވާލުކުރީ 1 އަހަރު ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެސްޖޭ ކޮންސްޓްރަކްޝަންއާ މި މަސައްކަތް ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.