Ad
ރައީސް ޔާމީން: ފޮޓޯ/ސަން
ރައީސް ޔާމީން: ފޮޓޯ/ސަން

ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެއްޖެ

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ރައީސް ޔާމީންގެ މައްޗަށް ކުރި 2 ދައުވާވެސް ސާބިތުވެއްޖެކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެ ހުކުމްކޮށްފި އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ، އާރަށް މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް އުފުލި 2 ދައުވާ އަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑާކުރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި އަދަބު ކަނޑައެޅުން މިއަދު 2 ޖަހާއިރު އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނެކަމަށް ވިދާޅުވެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ މަޖިލީސް މެދުކަނޑާލައްވާފައެވެ. ޝަރީއަތް މެދު ކަނޑުއްވާލައްވަމުން ގާޒީ ވަނީ މިއަދު މި މައްސަލަ ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

މި 2 ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް 10 އަހަރާއި 8 އަހަރާ ދެމެދުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް އަންނާނެކަމަށް ބެލެވެއެވެ.

 

ތަފްސީލް އަންނަނީ..

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އަލްޙަމްދުﷲ! ބޮޑު ވަގަކަށް ހާސްދުވަސް ދެވިއްޖެއެވެ. މިފަހަރު ހައްގު އަދަބު ދޭންޖެހޭނެއެވެ. ތިޔައީ މުޅި ގައުމުގެ ހަލާކެވެ.

  2. ކޮނެމެހެންވެސް ދިވެހިންގެ ފައިސާއިން ގަނެ، ހަދާފައިހުރި ގަޑުވަރު ސަރުކާރަށް ނެގެންޖެހޭނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *