Ad

އެސްއެސްނެޓް ކޭބަލްޓީވީގެ ޚިދުމަތް ފަށަނީ، މުޅި ރާއްޖެއަށް ލިބޭނެ!

ދިވެހިރާއްޖެއަށް މުޅިން އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވަމުން އަންނަ "އެސްއެސް ނެޓްވޯޓް"ގެ ޚިދުމަތް ފަށަށް ތައްޔާރުވެއްޖެއެވެ.

ސަން ސިޔާމް މީޑިއާގެ ދަށުން މުޅިން އަލަށް ފަށާ މ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަށް ފުޅާ ކުރާނެކަމަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ އެސްއެސްނެޓް ކުންފުނިން ބުނެއެވެ. އެސްއެސް ނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދޭން ފަށާ ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހީން މިހާރު ބަލަމުން އަންނަ އާއްމު ޗެނަލްތަކުގެ އިތުރުން ރާއްޖެއަށް މުޅިން އާ ޗެނަލްތައް ވެސް ހިމެނޭނެ ކަމަށެވެ. އެސްއެސް ނެޓުން ކޭބަލް ޓީވީގެ ޚިދުމަތް ފަށަށް ތައްޔާރުވަމުން އަންނައިރު މިހާރު ދިރާގު ޓީވީގެ ކަސްޓަމަރުން އެ ޚިދުމަތަށް ބަދަލުވާން ފަސޭހަ ވާނެ ކަމަށް އެސްއެސް ނެޓުން ބުނެއެވެ. ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލުމަށް މިހާރު ވަނީ ނިންމާފައެވެ.

"އެސްއެސް ނެޓްގެ ޕެކޭޖްތަކާއި އަގުތައް ވަރަށް އަވަހަށް އިއުލާން ކުރުމަށް މިދަނީ ތައްޔާރުވަމުން. އެސްއެސް ނެޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ އާންމު އަގުތަކުގެ ނިސްބަތުން ހެޔޮ އަގުގައި، އެސްއެސް ނެޓުގެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލުމަށްވެސް މިދަނީ ތައްޔާރުވަމުންނެވެ." އެ ބަޔާނުގައި ވެއެވެ.

އެސްއެސް ނެޓްގެ ޚިދުމަތަށް އެދޭނެ ގޮތުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސަން ސިޔާމް މީޑިއާ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ރާއްޖޭގެ މީޑިއާ ދާއިރާގައި އެންމެ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އިބްރާހިމް ޚަލީލާއި މުޙައްމަދު އާސިފް (މޮންދު)އެވެ. މި ދެބޭފުޅުންގެ މޭސްތިރިކަމުގެ ދަށުން ސަން މީޑިއާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަވަމުންނެވެ. މިގޮތުން ސަން ޓީވީގެ ޚިދުމަތް ފަށަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *