Ad

ޕްރަމަރީ އޮތީ ރައީސް ސޯލިހަށް ލިބިފަ: ރޮޒައިނާ

އެމްޑީޕީ ޕްރައިމަރީ އޮތީ ރައީސް ސޯލިހަށް މިހާރުވެސް ކާމިޔާބުވެފައިކަމަށް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހާއެކު ގިނައަދަދެއްގެ ބަޔަކު ތިބި ކެމްޕެއިން ވީޑިއޯއަކާއެކު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިކަން ނިމިއްޖެ ކަމަށެވެ. ރޮޒައިނާ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހަށް ކާމިޔާބުވެފަ އޮތް ކަމަށެވެ.

https://twitter.com/Roxeyna/status/1611784182887510017

ރައީސް ސޯލިހުގެ ކެމްޕެއިން މެނޭޖަރަކީ ރޮޒައިނާގެ ފިރިކަލުން ކިބިނދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒެވެ. މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވަނީ ރައީސް ނަޝީދެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *