Ad

އިވްނިން ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

މާފަންނު އީވްނިންގ ކެފޭގައި ރޯވި އަލިފާންގަނޑު ވިއްވާލައިފިއެވެ.

ދެ ބުރިއަށް ހުންނަ ހޮޓަލުގެ ބަދިގޭގައި ރޯވި ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު އިރުއޮއްސި 6:12 ގައެވެ. މިހާދިސާގައި އިވްނިން ކެފޭއާ ޖެހިގެން އެތެރޭގައި ހަތަރު ބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ މަތީގައި ވެސް އަލިފާންހިފި ކަމަށް މައުލޫމާތުލިބެއެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.

އިވްނިންގ ކެފޭއަކީ އިންޑިއާގެ ކާނާއަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އެންމެ ވަރުގަދަ ރެސްޓޯރެންޓެވެ.

އިވްނިންގ ކެފޭގައި އަލިފާން ރޯވިއިރު މީގެ 2 ދުވަސްކުރިން މާލޭ ނީލަން ފިހާރައިގައި އަލިފާން ރޯވެ އެެއްކޮށް ވަނީ އެތަން ހުލިވެފައެވެ. މި 2 ހާދިސާގައިވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *