ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ކިނބޫ ހިފާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ކިނބޫ ހިފުމަށްފަހު ކ.ބޮލިދުއްފަރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރު ދޫކޮށްލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިކިނބިލުގެ ދިގުމިނުގައި 14 ފޫޓު ހުރިކަމަށް އެެމްއެންޑީއެފުން ބުނެއެވެ.
https://twitter.com/MvCrisis/status/1613567732225835010
މި ކިނބޫ ފެނިގެން ރިޕޯޓްކޮއްފައިވަނީ އިއްޔެ ހަވީރުއެވެ.