ރައީސް ސާލިހް އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލާން މަދު ދުވަސް ކޮޅަށް ވެފައި ވަނި ކޮށް އެމްޑީޕީ އުފައްދަން އެންމެ ފުރަތަމަ ސޮއިކޮށް އެމްޑީޕީގެ ޗެއަރޕާސަން ކަމާއި އެތައް ހިދުމަތެއް ކޮށްދީފައިވާ ރީކޯ މޫސަ އަލުން އަނބުރާ އެމްޑީޕީއަށް ވެއްދިއެވެ. ރީކޯ މޫސަ އެމްޑީޕީއަށް އައުމާއި އެކީ ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އަދި ޕީޕީއެމްގެ ސަޕޯޓަރުން އަވަސްވެގަތީ ރީކޯ މޫސަ އަށް ސިޔާސީ ހަމަލާތަށް ދިނުމަށެވެ. އެހެނީ މޫސަ އަކީ ފާއިތުވީ ހަތަރު އަހަރުގައިވެސް ރައީސް ސާލިހު ދިފާއުކޮށް ސޯޝަލް މީޑިއާގައި ވަރަށް ކެރިގެން ރައްދުދެމުންދިޔަ ސިޔާސީ ލީޑަރެވެ.
ރީކޯ މޫސަމެން ފަދަ އެތައް ބޭފުޅެއް އެމްޑީޕީއިން ބޭރު ކުރެވުނީ ރައީސް ނަޝީދާއި ޗެލެންޖް ކުރުމުންނެވެ. 2008 ގައި ރީކޯ މޫސަ ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ވާދަކުރައްވާ ބަލިވުމުން ރީތި ގޮތުގައި ބަލި ގަބޫލް ކޮށް ރައީސް ނަޝީދުގެ ފަހަތްޕުޅަށް އަރާ މަސައްކަތް ކޮށްފައެވެ. ނަމަވެސް 2014 ގައި މޫސަ ވެސް ރައީސް ކަމަށާއި އެމްޑީޕީގެ ލީޑަރޝިޕަށް ޝައުގު ވެރިކަން އޮތް ވާހަކަ ޕޯޑިއަމްގައި ވިދާޅުވިތާ މާގިނަދުވަހެއް ނުވެ ޕާޓީން މޫސަ ވަކިކޮށްލިއެވެ. އެއީ ޑރ. މުނައްވަރާ ، އަލްހާނާ ، ޑރ ޑީޑީ އަދި އަލީ ވަހީދަށް ވެސް ރައީސް ނަޝީދު ޖެއްސި ހާލެވެ.
ރީކޯ މޫސަ ޕްރައިމަރީ ތެރޭގައި ގެނައުމުން އެކި މީހުން ވަރަށް ފާޑުކިއެވެ. ބައެއްމީހުން މޫސަ ގެނައީ މާ އަވަހަށޭ ބުނެހެދިއެވެ. ނަމަވެސް ސިޔާސީ ގޮތުން މަޑުޖެހިފައި އޮތް އެމްޑީޕީގެ ހަރުގެތައް ހުޅުވާ ކެރިގެން ރައީސް ނަޝީދު ފެކްޝަނަށް ދޫނުކޮށް މޫސަ ސިޔާސީ ފޯރި ހިއްޕާލިއެވެ. އެމްޑީޕީ މީހުނަށް ރީކޯ މޫސަ އަކީ އާބޭފުޅަކަށް ނުވާތީ ކޮންމެ ބޭފުޅެއްވެސް ވަރަށް ފަސޭހައިން މޫސަ ކޮނޑަށް އަތްވައްޓައިލައިގެން ސެލްފީ ނަގައި އިސާހިތަކު ފޯރި އަރުވައިލައިފިއެވެ. ޕްރައިމަރީގެ ޖަލްސާތަށް ފެށުމުގެ ކުރިން ފޯރިއަރުވައި ލިބުނު ތާއީދާއި އަދި ރައީސް ސޯލިހަށް ލިބުނު ލޭންޑް ސްލައިޑް ވޯޓްގެ ނަތީޖާއިން ރީކޯ މޫސަ ގެނައުމަކީ ރައީސް ސޯލިހުގެ ހިކުމަތްތެރި ސިޔާސީ ނިންމުމެއްގޮތުގައި ފާހަގަވެއެވެ.
One Response
ރީކޯމޫސަމެން ސިޔާސީވާތަން ފެންނަނީ އަމިއްލަ އެދުން ވެރިކަމެއް ހާޞިލްކުރަންވީމަ! އެމްޑީޕީ އެންމެ މުހިންމު ވަގުތަކީ ލީޑަރިންތައް ގެއްލި ވިއްސިވިހާލުވެގެން ދިޔަ ވަގުތު އެވަގުތު ރީކޯ މޫސާ ހުރީ ޕާޓީ ވަރިކޮށްފަ ގޮސް އެހެން ޕާޓީ އަކާ އިނދެގެން! މިސޮރުމިއީ އަބަދުވެސް ހިހޫތަނުން ކައިގެން އުޅޭ ސޮރެއް!