Ad

މަޝްހޫރު "ސާދަ ތިރީސް އަށެއް" ބޮޑުބެރު ގްރޫޕްގެ މީޑިއާ ޕާޓްނަރަކަށް އިރުވަރު އޮންލައިން!

މަޝްހޫރު ބޮޑުބެރު ގުރޫޕު، "ސާދަ ތިރީސް އަށެއް"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އިރުވަރު އޮންލައިން" ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭ "ވޮޑަމުލާ" ކެފޭގެ ކަރޯކޭ ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި 1438ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ހުމާމް ހަލީމެވެ. އިރުވަރު އޮންލައިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ މާކެޓިންގ މެނޭޖަރ ހައްވާ އަލީ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން 1438 ބޮޑުބެރު ގްރޫޕްގެ ފަރާތުން ހުމާމް ހަލީމް ބުނީ އެގްރޫޕްގެ އެންމެ ފަހުގެ އެންމެ ތާޒާ މައުލޫމާތު އިރުވަރު އޮންލައިން މެދުވެރިކޮށް ސަޕޯޓަރުންނާ ހަމައަށް ލިބިގެންދާނެ ކަމަށެވެ.

"މިއީ ރަނގަޅު އިރުވަރެއްގައި ސޮއިކުރެވުނު އެއްބަސްވުމެއް. މިއީ ފެށުމެއް. 1438ގެ މަޢުލޫމާތު އެންމެ ތާޒާކޮށް އިރުވަރު އޮންލައިން މެދުވެރިކޮށް ސަޕޯޓަރުންނަށް ލިބޭނެކަމަށް އުންމީދު ކުރަން. މި އެއްބަސްވުމުގެ ދަށުން ދެފަރާތް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ" ހުމާމް ބުންޏެވެ.

އިރުވަރު އޮންލައިންގެ މާކެޓިންގ މެނޭޖަރު ހައްވަ ބުނީ، 1438 ބޮޑުބެރު ގްރޫޕަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މަޝްހޫރު ބޮޑުބެރު ގްރޫޕްކަމަށާއި ހުނަރުގެ ގޮތުން ބަލާއިރުވެސް އެ ގްރޫޕާ ވާދަކޮށްލެވޭ ފަންނާނުން ތިބި އެހެން ބޮޑުބެފރު ގުރޫޕެއް ނެތް ކަމަށެވެ. އަދި ޒުވާނުންގެ މެދުގައި އެންމެ މަގުބޫލް ބޮޑުބެރު ގްރޫޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އިރުވަރު އޮންލައިން ހަމަޖެހިގެން ދިއުމަކީ މި ނޫހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ހައްވަ ބުންޏެވެ. އަދި އިރުވަރު އޮންލައިނަށް އިތުބާރު ކުރީތީ 1438 ބޮޑުބެރު ގްރޫޕްގެ ވެރިންނަށް ޝުކުރު އަދާކުރިއެވެ.

"1438 ބޮޑުބެރު ގްރޫޕްކަހަލަ ހުނަރުވެރި ފަންނާނުން ތިބި ގްރޫޕެއްގެ ޕާޓްނަރަކަށް ވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. މުސީ، ސައިފް ހުމަޅޭ ފަދަ ހުނަރުވެރި އެތަކެއް ފަންނާނުންނެއް އެ ގްރޫޕްގައި އެބަތިބި. މި ފަންނާނުންގެ މައުލޫމާތު އަޅުގަނޑުމެން ގެނެސްދޭނަށް. އިރުވަރު އޮންލައިނަށް އިތުބާރު ކުރީތީ 1438 ބޮޑުބެރު ގްރޫޕްގެ ވެރިންނަށް ޝުކުރު އަދާކުރަން." ހައްވަ ބުންޏެވެ.

1438ގެ އޮންލައިން މީޑިޢާ ޕާޓްނަރަކަށް އިރުވަރު އޮންލައިން ހަމަޖެހިގެން ދިއުމާ ގުޅިގެން 1438 އިތުރަށް ޕްރަމޯޓްކޮށް އެގްރޫޕްގެ ހަބަރާއި މަޢުލޫމާތު އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މިނޫހުން މަސައްކަތް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *