Ad

ސަން މީޑިއާގެ އެސްއެސް ޓީވީގެ ހިދުމަތް ފަށައިފި

ސަން ޝިޔާމް މީޑިއާގެ އެސް އެސް ޓީވީ ޗެނަލްގެ ހިދުމަތް ދޭން ފަށައިފިއެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްއެސްޓީވީ ރަސްމީކޮށް ފައްޓަވައި ދެއްވީ، ސަން ސިޔާމް މީޑިއާ ގުރޫޕްގެ ވެރިޔާ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ސަން މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު އާސިފް ވިދާޅުވީ އެސްއެސް ނެޓްގެ ފުރަތަމަ ޗެނަލްއިން މި ޓީވީ ފެންނާނެކަމަށާއި، އޭގެ އިތުރުން ޕީއެސްއެމް ކަނެކްޓާއި، ބައިސްކޯފުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މި ޓީވީ ބަލައިލެވޭނެކަމަށެވެ. އަދި މީޑިއާ ނެޓަށް މި ޗެނަލް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް އާސިފް ވިދާޅުވިއެވެ.

"އެސްއެސް ޓީވީ އަކީ ރާއްޖޭގެ އެހެން ޗެންލް ތަކެކޭ އެއްފަދައިން މައުލޫމާތާއި ހަބަރާއި މުނިފޫހި ފިލުވުމާ އެހުރިހާ ކަމެއްވެސް ހިމެނޭނެ ވަރަށް ރަނގަޅު ޗެނަލްއަކަށް ވެގެންދާނެ" އާސިފް ވިދާޅުވިއެވެ.

މި ޓީވީ ބްރޯޑްކާސްޓް ކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 12:30 އަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި 2:00 ގައި ދިވެހި ހަބަރު ގެނެސްދޭނެއެވެ. އަދި ހަވީރު 4:00 ގައި އިނގިރޭސި ބަހުން ހަބަރު ގެނެސްދޭއިރު ރޭގަނޑު 8:00 އާއި 12:00 ގައި ދިވެހި ހަބަރު ގެނެސްދޭނެއެވެ. ހަބަރުގެ އިތުރުން ޝައުގުވެރި އެތައް ޕްރޮގްރާމްތަކެއް ވެސް މި ޓީވީއިން ގެނެސްދޭނެއެވެ.

ސަން މީޑިއާ ހިންގެވުމުގައި މިހާރު ހަރަކާތްތެރިވަމުން ގެންދަވަނީ މީޑިއާގެ ދާއިރާގައި ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ތަޖުރިބާހުރި އެންމެ ގާބިލް ބޭފުޅުން ހިމެނޭ ޓީމަކުންނެވެ. މި ޓީމުގެ ދަށުން ސަން މީޑިއާއަށް ބޮޑެތި ކުރިއެރުންތައް އަންނަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *