Ad

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންއަށް އެމްޓީޑީން ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރަޓިކްސް އިން ވާދަ ކުރަން ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީޑީން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް މިމަހުގެ 11 ވަަނަ ދުވަހުގެ ހަވީރު 1700 އާ ހަމަައަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ގުރައިދޫ ދާއިރާގެ ގޮޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުންގެންދެވި ޕީޕީއެމްގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މިދިޔަ މަހު 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ 1 ކެނޑިޑޭޓް ކުރިމަތިލާފައވާއިރު އެއީ ކުރީގެ މިދާއިރާގެ މެމްބަރު ރިޒާގެ ކޮއްކޮއެވެ. މީގެ އިތުރުން އެމްޑީޕީން 4 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ. އަދި އެމްއެންޕީން ވެސް ކެނޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ގުރައިދޫގެ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރީލް މަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *