Ad
އިލްހާމް
އިލްހާމް

ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް ހަމަޖައްސައިފި

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަށް، އެމަނިކުފާނުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ހަމަޖައްސަވައިފިއެވެ.

އިލްހާމް އަހުމަދު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޮއިގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުުގައެވެ. މިގަމާށް އައްޔަން ކުރެއްވުމާއެކު އިލްހާމް އަހުމަދު ވަނީ، ފާއިތުވި ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އޭނާއަށް ހަމަޖެއްސެވި އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަކީ އެޕާޓީގެ ކައުންސިލުން އަލަށް އުފެއްދި މަގާމެކެވެ. މި މަޤާމަކީ ޤާސިމް ވަރަށް އިތުބާރު ކުރައްވާ ބޭފުޅުންނަށް ދެއްވާ މަޤާމެއްކަމަށް މައުލޫމާތު ލިބެއެވެ.

އިލްހާމް ގެންދަވަނީ ޖުމްހޫރީ ޕާޓީ ކުރިއެރުވުމަށް އެތަކެއް މަސައްކަތްތަކެއް ކުރައްްވަމުންނެވެ. ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން އިއުލާންކޮށްފައިވާއިރު ޖުމުހޫރީ ޕާޓީގެ ފަރާތުން އިލްހާމް ވަނީ ދާދިފަހުން ދެފަހަރެއްގެ މަތިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ.

އިލްހާމް އަހުމަދަކީ ސިޔާސީ ގޮތުން ގިނަ މަޤާމްތަކެއް ފުރުއްވާފައިވާ ރާއްޖޭގެ ސިޔާސީ މަޝްރަޙު ވަރަށް ރަނގަޅަށް ދަންނަ ތަޖުރިބާކާރު ބޭފުޅެކެވެ. އިލްހާމްގެ ސިޔާސީ ހަޔާތް ފެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ގޮނޑިންނެވެ. އޭގެފަހުން އިލްހާމް ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރކަމާއި، ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަމާއި އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ހިމެނެއެވެ، މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަމާއި މަޖިލީހުގެ ޖޮއިންޓް ޕާލިމެންޓްގެ ޑެޕިއުޓީ ލީޑަރުކަން ހިމެނެއެވެ. މީގެއިތުރުން އެފްއޭއެމްގެ ރައީސްކަމުގެ މަޤާމުފަދަ ވަރުގަދަ މަޤާމްތަކެއް އިލްހާމް ވަނީ ފުރުއްވާފައެވެ.

ސްޕެސަލް އެންވޯއީއަކަށް ހަމަޖެއްސުމާހަމައަށް އޭނާ ހުންނެވީ ޤާސިމްގެ އެޑްވަޒަރެއްގެ މަޤާމްގައެވެ،

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *