Ad

އުއްޗު ރައީސަށް ހަދިޔާކުރެއްވި ޖޯޒީގެ ކުލަތަކުގެ ސިއްރަކީ ކޮބާ؟

ރާއްޖޭގެ މަޝްހޫރު ވިޔަފާރަވެރިޔާ އަދި މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ ނުވަތަ އުއްޗު އަކީ ރާއްޖޭގެ ފަތުރުވެރިތަކުގެ ދާއިރާ މިހިސާބަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ފަރާތެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑު އިންވެސްޓެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އެއް ފަރާތެވެ. އުއްޗު އަދި ޗަމްޕާ އާއިލާ އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދެއް ނުކުރެއެވެ. އުއްޗު ފާހަގަކުރެވިފައިވަނީ އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންބޮޑު ފަރާތެއްގެ ގޮތުގައެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރުކާރު ތަކަކުންވެސް އުއްޗުއަށް ނުހަނު އިހުތިރާމާ ގަދަރު ކުރެއެވެ.

ނަމަވެސް މިސަރުކާރުން ވަނީ އުއްޗުގައި ފަސްބައިގައި ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތައްގަނޑުޖަހާ އެމަނިކުފާނުގެ މުޅި ފަސްބައި ކިލަނބު ކޮއްލާފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު މިސަރުކާރުން އާންމު ކުރެއްވި އިރު އެ ލިސްޓުގައި އުއްޗުގެ ނަންފުޅު ހިމެނުނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމުގެ އެއްވެސް ތަހުޤީޤެއް ކުރިއަކަށް ނުދެއެވެ. ހަޤީޤަތަކީ މި ލިސްޓާއެކު އުއްޗުގެ މުޅިއާއިލާގެ ނަން "ކިލަނބު"ވެގެން ދިއުމެވެ.

އިއްޔެ އުއްޗު ވަނީ ރައީސް ސޯލިހަށް ރޯދަ ވީއްލުމެއް ދެއްވާފައެވެ. މި ރޯދަވީއްލުން އޮތީ އުއްޗުގެ އަމިއްލަފުޅު ރިސޯޓު، ޗަމްޕާ ގިރީގައެވެ. މި ރޯދަވީއްލުމުގެ ތެރެއިން އުއްޗު ވަނީ ރައީސް ސޯލިހަށް "އިބޫ 23″ ޖަހާފައިވަނީ ޖޯޒީއެއް ހަދިޔާ ކޮށްފައެވެ. މި ޖޯޒީ ހަދިޔާކުރެއްވުމުން ރައީސް ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުން ބުނަމުންދަނީ ކުރިއަށްއޮތް ރިޔަސީ އިންތިހާބަށް އުއްޗުގެ ތާއީދު ރައީސް ސޯލިހަށް ލިބުނީ ކަމަށެވެ.

އުއްޗުއާއި ރައީސް ސާލިހާއި ދެބޭފުޅުން މިއަދު ޗަމްޕާގިރީގައި ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން

ނަމަވެސް ޖޯޒީގައި ކުލަތަކަށް ބަލާއިރު އެ މަންޒަރެއް ނުފެނެއެވެ. އެމްޑީޕީގެ ކުލަ ކަމަށްވާ "ރީނދޫ ކުލަ" މި ޖޯޒީއަކުން ނުފެއެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ އުއްްޗުގެ ފަސްބައި މި ސަރުކާރުން ކިލަނބުކޮށްލި ފަދައިން 2023 އިބޫއަށް ކިލަނބުވެގެންދާނެ ފަދަ މެސެޖެއް ދޭހަވާ ޖޯޒީއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *