Ad

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދަން ނަޝީދު ފުލުހަށް

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު  ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.

މައްސަލަ ބަލައިދިނުމަށް އެދި ރައީސް ހުށައެޅިއްވި ސިޓީއާއެކު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓްގެ އޮޅުންތައް ބައްދަވައި ދެއްވުމަށެވެ. 

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާގައި އެކައުންޓަކީ ރައީސް ނަޝީދުގެ ޓްވިޓަރ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއްކަމަށް ބުނެ އޮޅުން އަރާތީ އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާ ކަމަށް  ފުލުހަށް ފޮނުއްވި ސިޓީގައި ރައީސް ނަޝިދު ވިދާޅުވިއެވެ.

"އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްއިން އެ ޓްވިޓާ އެކައުންޓުގެ އަސްލު ހޯއްދަވައި ދެއްވުމަށް އެދި ދެންނެވީމެވެ." އެސިޓިގައި ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ހަސަން ކުރުސީގެ އެކައުންޓަކީ އެކަނިކުފާނުގެ ވިސްނުމާއެއްގޮތަށް ހިންގާ އެކައުންޓެއް ކަމަށާއި ނަމަވެސް ފިޒިކަލީ އެއީ އެމަނިކުފާނު ނޫންކަމަށް ވިދާޅުވެފައެވެ. ހަސަން ކުރުސީ އެކައުންޓަކީ ވަރަށް ބޮޑަށް ނަޝީދަށް ތާއިދުކޮށް ޓްވީޓް ކުރާ އެކައުންޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *