ރައީސް ނަޝީދު ލަންކާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ ގެ އެޑްވައިޒަރުގެ މަގާމް ގަބޫލް ކުރައްވާ ލަންކާގެ އެދުމަކަށް ލަންކާއަށް ފައިސާ ހޯދާދިނުމުގެ ނަމުގައި ދުނިޔޭގެ އެތައް މިތަނަށް ދަތުރުކުރިއިރު އެމަނިކުފާނުގެ ޑެލިގޭޝަން އަދި ސެކިއުރިޓީ އަށް ހަރަދު ކުރީ ދިވެހި ސަރުކާރުންތޯ ބަލަން ފިނޭންސް މިނިސްޓްރީ އަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާރުޓީ އައިއެއް ހުށަހަޅައިފިއެވެ.
އެމައުލޫމާތު ހޯދަން އެދުނީ މިހުރިހާ ދަތުރެއްގައި ދިވެހި ސަރުކާރުން ހަރަދުކުރިކަމުގެ ހެކި ލިބިފައި ވާތީ ކަމަށް އެހުށަހެޅިފަރާތުން މައުލޫމާތުދެއެވެ. އަދި މަޖްލީސް ރައީސް ހައިސިއްޔަތުން އެދަތުރުތައް ކުރުއްވާފައިވާއިރު ލަންކާގެ އެޑްވައިޒަރު މަގާމަކީ އަމިއްލަ ހައިސިއްޔަތުން ގަބޫލް ކުރައްވާފައިވާ މަގާމްއެކެވެ. މީގައި އެތައް ގާނޫނީ ، ސަލާމަތީ އަދި އިސްތިގުލާލައި ގުޅޭ އެތައް މައްސަލަތަކެއް ހިމެނޭ ކަމަކަށް ވާއިރުު މިމައުލޫމާތަކީ ރައްޔިތުންނަށް ވަރަށް ވަރަށް މުހިއްމުމައުލޫމާތެކެވެ.