އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ ހޯދަން އެޓާނީ ޖެނަރަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފި އެވެ.
މިއަދު އޮތް އަޑުއެހުން ފައްޓަވަމުން ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ އަދީބުގެ ފަރާތުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަޔާންކޮށް މިދިޔަ ބުދަދުވަހު ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ސާދިން މުހައްމަދު ރަޝީދު ވަނީ އެފަދަ ސިޓީއެއް އޭޖީއަށް ވެސް އަދީބުގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭޖީ އޮފީހުގެ ފައިސާ ދެއްކުމުގެ އުސޫލު ކޯޓުގައި ބަޔާން ކުރުމުން އަދީބުގެ ލޯޔަރު ވިދާޅުވީ އެއީ ރަންގަޅު ހުށަހެޅުމެއްކަމަށެވެ. އަދި އިރުވަރުން ގުޅާލުމުން އަދީބުގެ ލޯޔަރުން ވިދާޅުވެފައި ވަނީ ދައުލަތުގެ އުސޫލާއެއްގޮތަށް ފައިސާ ދައްކަން އަހުމަދު އަދީބު ވަނީ އެއްބަސްވެ އެކަން ދައުލަތަށާއި ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެންމެނަށްވެސް އޮންނަ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާދައްކަން އަދީބަށް ފުރުސަތުއޮތްކަން ކޯޓްގައި ދައުލަތުން ވަނީ ބުނެފައެވެ.
އެހެންވެ ސިވިލްކޯޓްމެދުވެރިކޮށް އަހުމަދު އަދީބު ދައްކަން ޖެހޭ ފައިސާ ދައުލަތަށް ދަންކަން ވަރަށް އަވަހަށް ހަމަޖެހޭނެއެވެ.