Ad

މާލޭގެ ބޭނުންނުކުރާ ބިންތަކުގައި ފްލެޓް އަޅައި މާލޭ ރަށްވެރިންނަށް ދޭނަން: މުއިއްޒު

މާލޭގައި އިތުރު 2000 ފްލެޓާއި ވިލިމާލޭގައި 500 ފްލެޓް އަޅައިދެއްވަން ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ކޯލިޝަން (ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން) ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

މުއިއްޒުގެ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަން ސިޔާސަތު މިރޭ ހާމަކުރެއްވިއިރު، އެ ސިޔާސަތުގައި ކަނޑައަޅާފައިވަނީ، މާލޭގައި ހުރި އެދެވޭގޮތުގައި ބޭނުންނުހިފާ ބިންތައް ހުސްކޮށް 2000 ހައުސިންގ ޔުނިޓު ގާއިމުކޮށް، ފުލެޓަށް އެދޭ މާލެ ސިޓީގެ ރަށްވެހިންނަށް ފޯރުކޮށްދިނުށެވެ.

މީގެ އިތުރުން މާލޭގައި ހުންނަ ސިނަމާލެއާއި މާލެހިޔާ ފްލެޓްތައް އަދި ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ތަޅާލާ، އާފްލެޓްތަކެއް އަޅާދިނުމަށްވެސް މުއިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ހަމައެއާއެކުއެކީގައި ވިލިމާލޭގައި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ހިންގުމަށް ކަނޑައަޅާފައިވާއިރު، އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޒުވާން ޢާއިލާތަކަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 3,000 އެޕާރޓްމަންޓާއި، އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 1,000 އެޕާރޓްމެންޓް ހިމެނުމަށް މުއިއްޒުގެ ސިޔާސަތުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން މުއިއްޒުގެ ވެރިކަމެއްގައި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމުތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން، ދެ ކޮޓަރީގެ 500 އެޕާރޓްމެންޓް ހިމެނެއެވެ.

ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމެއްގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ރަށްތަކަށް ޚާއްޞަކޮށްގެން، ގެދޮރު އިމާރާތްކުރުމުގެ (ރޯހައުސް ނުވަތަ އެޕާޓްމަންޓް ވިޔަސް) ޤައުމީ މަޝްރޫޢެއް ހިންގުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބިވަޑައިގެންފައި ނުވާތީވެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވަނީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިޒު އަދި ނައިބު ރައީސްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ޙުސައިން މުޙައްމަދު ލަޠީފްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *