Ad
އެންމެ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ދަނޑުވެރިކަން ތަރައްޤީކުރުމަށް
އެންމެ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ދަނޑުވެރިކަން ތަރައްޤީކުރުމަށް

އެސްޑީއެފްސިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 4 މަސްދުވަހަށް އަނެއްކާވެސް ފަސްކޮށްދީފި

އެސްޑީއެފްސިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 4 މަސްދުވަހަށް އަނެއްކާވެސް ފަސްކޮށްދިނުމަށް ނިންމައިފިއެވެ.

ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން މަހު 3 ވަނަ ދުވަހާއި ހަމައަށް 1640 ފަރާތަކަށް 268.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ގޮތުން މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

އެސްޑީއެފްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް ލޯނު ދެއްކުން ފަސްކުރުމުގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާކަމަށެވެ.

އެސްޑީއެފްސީން ނަގާފައިވާ ލޯނުތައް ދެއްކުން މިމަހުން ފެށިގެން އިތުރު 4 މަހަށް ފަސްކޮށްދޭން ނިންމާ ލޯނު ފަސްކުރުމަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. އެގޮތުން ލޯނު ފަސްކުރަން ބޭނުންވާ ކަސްޓަމަރުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދެންޖެހޭނެއެވެ.

މި މުއްދަތުގައި ލޯނު ފަސްކުރުމަށް އެދިފައިނުވާނަމަ ބަލާނީ އެފަރާތެއް ލޯނު ފަސްކުރަން ބޭނުން ނުވާކަމަށާއި އެހެންކަމުން ސެޕްޓެމްބަރުމަހުން ފެށިގެން މަހުން މަހަށް ލޯނު ދައްކަންޖެހޭނެކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. ލޯނު ފަސްކުރުމަށް އެދުމުގެ ފުރުސަތު އެސްޑީއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޕޯޓަލްއިން އެދެވޭނެއެވެ.
އެސްޑީއެފްސީން ވަނީ ވިޔަފާރިވެރިން އުފެއްދުމަށް އެހީވުމުގެ ގޮތުން މީގެ ކުރިންސް ގިނަ ލޯނުތަކެއް ދޫކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *