Ad

ޑރ. މުއިއްޒުގެ ވެރިކަމެއްގައި ސިފައިންނާ ފުލުހުންނަށް ރަނގަޅު ތަސައްވަރެއް!

ޤައުމެއްގެ މިނިވަންކަމާއި، ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އެންމެ ބޮޑަށް ބިނާވަނީ އެޤައުމެއްގެ ދިފާއީ ބާރުތަކުގެ މައްޗަށެވެ. ސިފައިންނާ ފުލުހުންގެ މައްޗަށެވެ. އެހެންކަމުން މި 2 މުވައްސަސާ އަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މަތިވެރި ދެ މުވައްސަސާއެވެ، ރާއްޖޭގެ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ފޯރިގަދަ ދުވަސްވަރު ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންވެސް ގެންދަވަނީ ތަފާތު ވައުދުތައް ވަމުންނެވެ. މީގެތެރެއިން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިފައިންނާ ފުލުހުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އަމަނިކުފާނުގެ ވެރިކަމެއްގައި ސިފައިންނާ ފުލުހުންނަށް ރަނގަޅު ތަސައްވަރެއް އެބައޮތެވެ.

މިގޮތުން ސިފައިންނާ ފުލުހުންނަށް ހުޅުމާލޭގައި އިމާރާތްކުރާ ފުލެޓްތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ ކެމްޕެއިންގެ އެކިއެކި ޕޯޑިއަމްތަކުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"ސިފައިންނާ ފުލުހުންނަށް އަޅަމުންދާ ހައުސިންގ ޔުނިޓަތަކަކީ ދުވަހަކު ނިމުނު އެއްޗެއް ނޫން، މިސަރުކާރުގެ ފުރަތަމަ 100 ދުވަހުވެސް އޮތް އެތަންތަން ނިންމަން. އެކަމަކު 5 އަހަރުވެގެންދާއިރުވެސް އަދިވެސް ނުނިމޭ. ފުލެޓްތައް ހަވާލުކުރާ ހިސާބަށް ދިޔައީމާ ފްލެޓްތަކުގެ އަގުވަނީ އިންތިހާއަށް ބޮޑުކޮށްފަ. ފުލުހުންނާ ސިފައިންގެ ފުލެޓްތަކުގައި އަތްފޯރާ ފަށަށްވުރެ އަގުތަކުގެ ތަފާތު އެބަހުރި. އެކި ރޭންކްތަކަށް އެކިއަގު. ލިބޭނެކަމަށް ބުނި ބައެއް ބޭފުޅުން ލިސްޓުން އުނިވެ މިފަދަ އެތައް ކަމެއް ހިންގައިފި ސިފައިންނާ ފުލުހުންގެ ފްލެޓްތަކުގައި." ކެމްޕެއިން ޖަލްސާއެއްގައި ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ ސިފައިންނާ ފުލުހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެމަނިކުފާނުގެ ވެރިކަމެއްގައި ހައްލުކޮށްދެއްްވާނެ ކަަމަށް ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ފަހުރު ދިވެހި ސިފައިން ދިވެހި ފުލުހުން މި ދެމުވައްސަސާގައިބި އަޅުގަނޑުމެންގެ ޚިދުމަތްތެރި ސިފައިންނާ ފުލުހުންނަށް އަޅުގަނޑުދޭ ޔަޤީންކަމަކީ މިދެންނެވި މަޝްރޫޢުގެ އިތުރަށް އަޅުގަނޑުމެންގެ މި ބޮޑު ހައުސިންގ ޕޮލިސީގެ ތެރެއިން ހިންގޭ މަޝްރޫޢުތަކުގެ ތެރެއިން ފުލުހުންނާ ސިފައިންނަށް ހައްޤު މިންވަރު ގެދޮރުވެރިކަމުގެ ތެރެއިން އިރާދަކުރެއްވިއްޔާ ހޯދަދޭނަމޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސިފައިންނާ ފުލުހުންގެ ހައުސިންގ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރަށް މި ދެމުއްސަަސާގެ ބޭފުޅުންގެ މުސާރަ ޑަބަލްކޮށްދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އަތްފޯރާ ފަށަށްވުރެ މާ މަތީގައި އަގުތައްވެސް މިހިރީ. އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި މި 2 މުވައްސަސާގެ ބޭފުޅުންނަށް އެއް އަހަރު ދުވަހަށް މި ފުލެޓްތަކަށް ކުލި ދެއްކުން ފަސްކޮށްލަދޭނަން،. އެ ދައްކަންޖެހޭ އަދަދެއްވެސް ބަހާލައިގެން ދެއްކޭނެ ލުއި ގޮތެއް ހަދާދޭނަން. އަދި 30 ސެޕްޓެމްބަރުގައި ޤައުމީ ވިސްނުމުގައި ޤައުމީ ޖޯޝުގައި ވަޑައިގަންނަވަން ނިންމަވައިފި ނަމަ އަޅުގަނޑުމެނަށް ލިބޭ ސަރުކާރުގައި ދިވެހި ސިފައިންނާ ފުލުހުންނަށް މިހާރު ލިބޭ މުސާރައަށްވުރެ 2 ގުނަ ބޮޑުކޮށްދޭނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިމަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101613 ވޯޓް ހޯދައިގެން އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.06 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވެވީ ރައީސް ސޯލިހެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86151 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 39.05 ޕަސެންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *