ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން ދަ ޑިމޮކްރެޓްސް އިން އިއުލާން ކޮށްފިއެވެ.
ހ.މައިޒާންދޮށުގޭގައި ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ޗެއާޕަރސަން ޙަސަން ލަޠީފު ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ ވަގުތީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ އަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމުގެ އިތުރުން އެޕާޓީން ހުށަހަޅާ ލެޖިސްލޭޓިވް އެޖެންޑާގެ މަސައްކަތް ފެށުމަށްވެސް ނިންމާފައެވެ. މި އެޖެންޑާ އެކުލެވިގެންވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގެންނަން ބަދަލުތަކާއި އަލަށް ހަދާނެ ގާނޫނުތަކުގެ މައްޗަށެވެ. ހަސަން ލަޠީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ ދާއިރާތަކުގެ އަދަދު މަދުކުރެވޭތޯ އެ ޕާޓީން ފަށާފައިވާ މަސައްކަތް، ކާމިޔާބު ނުވި ނަމަވެސް ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ އަދަދު 76 އަށް މަދުކުރުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ހުށަހަޅުއްވާފައެވެ.
"މިހާރު ވެއްޖެއްޔާ އެއީ 93 ގޮނޑި ކަމަށް އިއުލާނުކުރައްވާފައި އެވަނީ އިލެކްޝަންސް ކޮމިޝަނުން. އެހެންވީމާ އޭގެ މާނައަކީ 93 ގޮނޑިއަށް ވާދަކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ. އެހެން ނަމަވެސް އެއަށް ވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ އިލްޔާސް ލަބީބު އެ ހުށަހަޅުއްވާފައި އޮތް އިސްލާހުގައި، ގާނޫނު އަސާސީއަށް އެ ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރުމަށް ކުރެވޭ މަސައްކަތް،" ހަސަން ލަތީފު ވިދާޅުވި އެވެ.
ދަޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކު، އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އެ ޕާޓީގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުންނާއި މެންބަރުން އެކުވެގެން އުފައްދާފައިވާ ޕާޓީއެކެވެ. ދަޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އަދި ނުބާއްވާތީ ޕާޓީ ހިންގަމުންދަނީ ވަގުތީ ކައުންސިލަކުންނެވެ.
One Response
HURIHAIRAEESKAMAH VAADHAKUREVIJJEDHEN HURIHAIMEMBARUKAMAH KURIMATHILAI Feyliviveemai dhengovaaneekonhyaatheh baahasanlatheefu