Ad

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ މީހުންގެ އަތުން ނަގާ އިންޓްރެސްޓް ކުޑަކޮށްފި

ވިނަރެސް ފްލެޓަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ދަށްކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ފައިސާ ދައްކަމުންދާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓަރެސްޓް ރޭޓް ދަށްކޮށްފައިވަނީ 6 އިންސައްތައަށެވެ. މީގެ ކުރިން އިންޓަރެސްޓްރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9 އިންސައްތައެވެ. މިކަމާއި ގުޅޭގޮތުން އާބަންކޯއިން މިއަދު ބުނީ، އިންޓަރެސްޓް ރޭޓަށް ގެނައި މި ބަދަލާއި ގުޅިގެން ފްލެޓްތަކަށް ދިގުމުއްދަތަށް ކުލި ދައްކާ މީހުނަށް ލުއިފަސޭހަކަމެއް ލިބިގެންދާނޭ ކަމަށެވެ.

ވިނަރެސް މަޝްރޫޢުގައި ޖުމްލަ 10 ޓަވަރުގައި ޖުމްލަ 1،344 އެޕާޓްމަންޓް ހުންނައިރު، ވިނަރެސް އެޕާޓްމަންޓް ލިބުނު ބައެއް މީހުން މިހާރު އެތަނަށް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ.

ވިނަރެސް ފްލެޓަށް ދައްކަންޖެހޭ ކުލި ބޮޑުވުމަކީ މިހާރުވެސް ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ. ވިނަރެސް ފްލެޓް ޑައުން ޕޭމަންޓް ދައްކާ މީހުނަށް އެއްބަސްވުމުގައި ސޮއިކުރެވޭގޮތަށް އާބަންކޯއިން މި ފަހުން ހަމަޖައްސާފައިވާއިރު، ވިނަރެސް ފްލެޓްގެ ކުއްޔަށް ހެޔޮ ބަދަލެއް ގެންނާނޭކަމަށް އަދުގެ ސަރުކާރުގެ އިތުރުން އިންތިހާބީ ރައީސް ޑރ.މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ވިނަރެސް ފްލެޓުން ބޯހިޔާވަހިކަމަށް ފްލެޓް ހަމަޖައްސާދީފައިވާ މީހުންގެ ތެރޭގައި ކުރިން ގުޅީފަޅުން ފްލެޓް ލިބުނު މީހުންގެ އިތުރުން ސީލައިފުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *