Ad
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ތެރެއިން
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ތެރެއިން

ބިންވެރިޔާ ސްކީމްގެ މުއްދަތު ހަމަވާން 2 ދުވަސް، ކައުންސިލްތަކަށް ބާރު ބޮޑުވެފައި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވެއްސަށް ފޯމް ހުށަހެޅުމުގެ ސުންގަޑި އަންނަ އަންގާރަދުވަހު ހަމަވާއިރު، ރަށުގައި ދިރިއުޅެމުން ނުދާކަމުގެ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާކަމަށް ބައެއް ކައުންސިލްތަކުން ހާމަކޮށްފިއެވެ.

މިނިވަންއާ މައުލޫމާތު ހިއްސާކުރި ބައެއް ރަށްރަށުގެ ކައުންސިލަރުން ވިދާޅުވީ، އަދުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމާއިއެކު މާލޭގައި ދިރިއުޅެމުން އަންނަ އެރަށްރަށުގެ މީހުން ރަށުގައި ނޫޅޭކަމުގެ ލިޔުން ހޯދުމަށް ވަރަށްގިނައިން އެދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލްގެ ލެޓަރހެޑްގައި އެންމެގިނައިން ޕްރިންޓްކުރަން ނުވަތަ މެއިލްކުރަން ޖެހުނީ ރަށުގައި ވަޒަންވެރިވެ ދިރި އުޅެމުން ނުދާކަމުގެ ލިޔުންކަމަށެވެ.

ގދ އަތޮޅު ރަށެއްގެ ކައުންސިލަރަކު މިރޭ ވިދާޅުވީ އެންމެފަހުން ބިމަށާއި ފްލެޓަށް ހުޅުވާލި ފުރުސަތު އަންނަ އަންގާރަ ދުވަހަށް ހަމަވާއިރު، އެރަށުގެ ވަރަށް ގިނަ މީހުން ލިޔުން ހޯދުމަށް އެދިފައިވާކަމަށެވެ. މިގޮތުން އެމީހުނަށް ލިޔުން ދިނުމަށް ކައުންސިލް އިދާރާ ހުޅުވައިގެން މިރޭވެސް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ އަންގާރަދުވަހުގެ 15:00 ނިޔަލަށް ހަމަވާނެއެވެ.

ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5.53 މިލިއަން އަކަފޫޓެވެ. އެންމެ ކުޑަކޮށް ލިބޭނީ 1250 އަކަފޫޓުގެ ގޯއްޗެވެ.

ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ. އެއީ އެންމެ ބޮޑުކޮށް ދޫކުރާ ގޯއްޗެވެ.

ސްކީމް ގެ ދެވަނަ ފިޔަވަހި މި ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށެވެ. ފުރަތަމަ ފިޔަވަހިން ފުރުސަތު ދިނީ މާލޭ ރައްޔިތުންނަށް އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *