Ad

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޙަސަން ޒަރީރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ ޢަބްދުﷲ ނާޡިމް އިބްރާހީމް މިނިސްޓަރ ފެންވަރުގައި ޢައްޔަނު ކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު ޢައްޔަނުކުރައްވާފައެވެ. އެބޭފުޅުންނަކީ:

  1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- މުޙައްމަދު ފަހުމީ ޙަސަން
  2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން- އިބްރާހީމް ޢާމިރު
  3. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރ- އަލްއުސްތާޛާ ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް
  4. ކޮމިޝަނަރ އޮފް ޕްރިޒަންސް- ޙަސަން ޒަރީރު އެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *