Ad

މޯލްޑިވްސް އިސްލާމިކް ބޭންކުން "އުޖާލާ ކޭޝް" ތައާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުން އުޖާލާ ކޭޝްގެ ނަމުގައި ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.

އެމްއައިބީގެ ފައިނޭންސިން ފެސިލިޓީއަށް އެދުމަށް އެމްއައިބީ އެޕްލައި-ނައު ޕޯޓަލުން އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ. އުޖާލާ ފައިނޭންސިން ލިމިޓް ހަމަޖެހުމުން ފައިސާ އަށް އެދެވޭނެ އެވެ. އެމްއައިބީ އިން ބުނީ ލިބޭ ލިމިޓުގެ 30 ޕަސެންޓާ ހަމައަށް ކޭޝް ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށެވެ. ކޭޝް ޕެސިލިޓީއަށް ލިބޭ ލިމިޓުގެ 30 ޕަސެންޓަށް ވުރެ ގިނައިން ނަގާ ނަމަ ސަޕޯޓިން ޑޮކިއުމެންޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

އިސްލާމިކު ބޭންކުން ބުނީ މި ފެސިލިޓީ ބޭނުންކޮށްގެން ޒަރޫރީ ބޭނުންތަކަށް ފައިސާ ހަރަދު ކުރެވޭނެ އެވެ. އެގޮތުން ސިއްހީ ފަރުވާ ކުރުމަށާއި، ޑެޓް ރިފައިނޭންސް ކުރުމަށާއި، ގެ މަރާމާތު ކުރުމަށް ބޭނުންވާ ފައިސާގެ އިތުރުން މޫސުމީ ކާރިސާ ތަކުން ލިބޭ ގެއްލުން ފޫ ބެއްދުމަށާއި، ގެ ބަދަލުވުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދެއްކުމަށާއި ގެދޮރު ގަތުމަށް ބޭނުންވާ އިކުއިޓީ ހޯދުމަށް ވެސް އެ ފެސިލިޓީން ފައިސާއަށް އެދެވިދާނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *