ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި، ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 40 ލާރި، އަދި ޑީސަލް ލީޓަރަކުން 45 ލާރި ހެޔޮކޮށްފައެވެ.
ތެލުގެ އަގަށް ގެނައި ހެޔޮ ބަދަލާއެކު އެސްޓީއޯއިން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 14.33 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 14.62 ރުފިޔާ އަށެވެ
We have reduced the price of our Diesel by MVR 0.45 and Petrol by MVR 0.40, per Liter, effective 8th December 2023. This is our 3rd consecutive fuel price reduction this year. pic.twitter.com/pIltPRVSuR
— STO (@stoplc) December 7, 2023
އެސްޓީއޯއިން މިހާތަނަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.73 ރުފިޔާ، އަދި ޑީސަލް ލީޓަރެއް 15.07 ރުފިޔާ އަށެވެ.
މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގުހެޔޮކުރި ތިންވަނަ ފަހަރެވެ.