Ad

"އަބްދުﷲ ފަޔާޒު އިސްދޫ ކައުންސިލް ފުޓުބޯޅަ ޗެލެންޖް" ވަރަށް ފޯރިގަދަ! ކުރިއަށް އޮތީ ސެމީ ފައިނަލް!

ހައްދުންމަތީ އިސްދޫ ކައުންސިލުން އިންތިޒާމު ކޮއްގެން ކުރިއަށް ގެންދާ "އަބްދުﷲފަޔާޒު އިސްދޫ ކައުންސިލް ފުޓުބޯޅަ ޗެލެންޖް 2023″ގެ ސެމީ ފައިނަލް މެޗްތައް މިއަދު ފަށާނެއެވެ.

މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ލ. ގަމު ތުނޑީ "ބިއިން އެންކަރޭޖިން ސޮސައިޓީ (ބެސްޓް )" ޓީމާއި މުކުރިމަގުގެ އައިލެންޑް ޔޫތު ޔުނައިޓެޑެވެ. ސެމީފައިނަލްގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ އިސްދޫ ޔޫތު ސޮސައިޓީއާއި ދަނބިދޫ ކައުންސިލެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލު ބެސްޓް ޓީމުގެ އާދަމް ނާސިހާ އިނާމު ހަވާލު ކުރަނީ..

މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 4 ރަށަކުން 5 ޓީމް ވާދަކުރެއެވެ. ސެމީފައިނަލަށް ދަތުރުކުރީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނައިން ޕޮއިންޓް ލިބުނު 4 ޓީމެވެ. ސެމީއަށް ނުގޮސް މުބާރާތުން ކެޓީ މާބައިދޫއަށް ނިސްބަތްވާ ކްލަބް ނާރެސްއެވެ. މިމަހު ދެވަނަ ދުވަހު މި މިބާރާތް ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވެފައިވާތީ މުބާރާތް ފެށުނީ މިމަހުގެ 3 ވަނަ ދުވަހު ހަވީރުއެވެ.

މުބާރާތް ސްޕޮންސަރ ކުރެއްވި އަބްދުﷲ ފަޔާޒް

އިސްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އިސްދޫގެ ވިޔަފާރިވެރިއެއްކަމަށްވާ އަބްދުﷲ ފަޔާޒެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ވިހިހާސް ރުފިޔާ ވަނީ ހުށައަޅާފައެވެ. މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ހަވީރު އިސްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

އިސްދޫ ކައުންސިލް ފާހަގަކުރެވިފައިވަނީ ޒުވާނުންނާ ގުޅިގެން ޒުވާނުންގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތް ކުރާ ކައުންސިލެއްގެ ގޮތުގައެވެ. ޚާއްސަކޮށް ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގައި ނަމޫނާ ދައްކަވާ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *