Ad

އިސްލާމިކް ބޭންކްގެ "އުޖާލާނައު": ގޭގައި ތިބެގެން ގިނަ ޚިދުމަތްތަކެއް!

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކަމާއިއެކު ރަށުގައި ނުވަތަ ގޭގައި ތިއްބަވައިގެންވެސް މިހާރު އެކައުންޓު ހުޅުވުމާއި، ފައިނޭންސިންގެ ޚިދުމަތްތަކަށް އެދެވޭނެގޮތަށް ބޭންކުގެ އޮންލައިން ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ހޯދައިދީފިއެވެ.

އެގޮތުން އެބޭންކުން ވަނީ "އުޖާލާނައު" ގެ ނަމުގައި ފައިނޭންސިންގ ކަސްޓަމަރުންނަށް ޚާއްޞަކޮށް ޕޯޓަލެއް ލޯންޗުކޮށްފައެވެ. މިޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުން ފައިނޭންސިންގެ ދަށުން މުދާނެގުމާއި ފައިސާނެގުމަށް އެދި ހުށައެޅޭނެއެވެ. އަދި އެޕްލިކޭޝަން އާއި ގުޅިގެން އަންނަ އެއްބަސްވުން ބަލައިގަތުމުގެ މަރުހަލާވެސް ކުރިއަށްދާނީ އޮންލައިންކޮށެވެ. އަދި ކަސްޓަމަރު އައްޔަނުކުރާފަރާތަކަށް ފިހާރައިން މުދާ ނެގުމުގެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ. ބޭންކުން މަޢުލޫމާތުދެއްވާގޮތުގައި ފައިނޭންސިންގއަށް އެދުމަށް އެކައުންޓެއް ނެތް ނަމަވެސް ބޭންކުގެ އެޕްލައިނައު އަދި އީފާސް މެދުވެރިކޮށް އޮންލައިންކޮށް އެކައުންޓުވެސް ހުޅުވާލެވޭނެއެވެ.

އުޖާލާ ދިރިއުޅުން ފައިނޭންސިންއަކީ ރާއްޖޭގެ އެންމެ މަޤްބޫލުއެއް ފައިނޭންސިން ސްކީމެވެ. ލިބިލައްވާ މުސާރަ ނުވަތަ ކުލީގެ ނިސްބަތުން ބޮޑު ކްރެޑިޓް ލިމިޓެއް އުޖާލާ ދިރިއުޅުމުގެ ދަށުން ލިބޭއިރު ދިރިއުޅުމަށް ބޭނުންވާ އެކި ބާވަތްތަކުގެ މުދާ، ސައިކަލު، އައުޓްބޯޑު އިންޖީނު، އިމާރާތްކުރާ ސަމާނު ނަގާލެވޭނެއެވެ. އަދި އެމްއައިބީ މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދުމަށް އުޖާލާ ކޭޝްއަށްވެސް މިހާރު އެދެވޭނެއެވެ. ބޭންކުގެ މައިގަނޑު ގިނަ ޚިދުމަތްތަށް އޮންލައިންވެގެން އައުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހަކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *