Ad

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ފަރިތަ "ހަންޓާ އަހުމަދު" މިފަހަރު ކިނބިދޫ ދާއިރާއަށް!

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުމް (ހަންޓާ އަހުމަދު) އަކީ ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް ސިޔާސީ ގޮތުން އެންމެ ތަޖުރިބާހުރި ފަރާތްކަމަށް ދެބަސްވާނެ މީހަކު މަދުވާނެއެވެ.

ހަންޓާ އަހުމަދު ވަނީ ސިޔާސީ ގޮތުން ގިނަ މަޤާމްތަކެއް ފުރުއްވާފައެވެ. ގޮތުން ފެލިވަރު ފިޝަރީޒް ކޯޕަރޭޝަންގެ ޗެއާމަން ކަމާއި، އެމްޕީއެލްގެ ބޯޑު ޑިރެކްޓަރު ކަމާއި، މޯލްޑިވްސް އެއާރޕޯޓް ކޮމްޕެނީގެ ބޯޑު ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ކުޅުދުއްފުއްޓާއި އައްޑޫ ރީޖިނަލް ޕޯޓްގެ ޑިރެކްޓަރުކަންވެސް ވަނީ ކުރައްވާފައެވެ.

ހަންޓާ އަހުމަދު މީގެކުރިން ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ކުރިމަތި ލައްވާފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކޮށް ނާކާމިޔާބުވީ ވަރަށް ކުޑަކުޑަ ތަފާތަކުންނެވެ. ހިންނަވަރު ރައްޔިތުން ސިފަކުރާގޮތުގައި އެރަށުގައި އެމްޑީޕީއާ އެންމެ އިދިކޮޅު އެންމެ ވަރުގަދަ ފަރާތަކީ ހަންޓާ އަހުމަދެވެ.

ސިޔާސީ ގޮތުން ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ހަންޓާ އަހުމަދު މިފަހަރު ވާދަކުރައްވަނީ ކިނބިދޫ ދާއިރާގެ ޕްރައިމަރީގައެވެ. ހަންޓަރ އަހުމަދަކީ ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ހަންޓަރ އަހުމަދު ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވަނީ އެ ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން އެދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދިނުމުގެ އުންމީދުގައެވެ. ހަންޓަރގެ ޓިމުން ބުނީ މިހާތަނަށް ކުރި ކެމްޕެއިންނުން ޕަރައިމަރީ ކާމިޔާބު ކުރެވޭނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. ކެމްޕެެއިންގައި ހަންޓަރ އަހުމަދު ބޭނުންކުރާ ސްލޯގަންއަކީ" "ތަފާތުވާނެ – ތަފާތު ފެންނާނެ" އެވެ.

ހަންޓަރ އަހުމަދަކީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތަކެވެ. ހަންޓަރ އަހުމަދުގެ ކެމްޕެއިން ޓީމުން ބުނީ ދާއިރާއަށް ތަރައްޤީ ގެނެސްދެވޭނީ ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތެއް ހޮވަން ޖެހޭ ކަމަށެވެ.

ޕީޕީއެެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 20 ވާ ހޮނިހިރު ދުވަހު 10:00 އިން 16:00 އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދާއިރާއޮތީދާއިރާގެ ކުދިންނާއެކު. ވ.ސޮރީ. ފައިސާ ބެހިދާނެ! ﷲ ހެޔޮރަހުމަތް ފުޅުން ފެއިލްޖޮއްލާނެ. ލާމް މަރުކަޒީ ގާނޫނު ދަންނަ ކަމެއްނޫން ކުލީމީހުން ދާއިރާތަކައް ޗައްކަރު ޖެހުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *