Ad

އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރެއް ކުޑަހުވަދުއާއި މަހިބަދޫގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސޭލްސް ސެންޓަރު ދ. އަތޮޅު ކުޑަހުވަދޫ އަދި އދ. އަތޮޅު މަހިބަދޫގައި ހުޅުވައިފިއެވެ.

ދ. ކުޑަހުވަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއެވެ. އަދި އދ. މަހިބަދޫ ސޭލްސް ސެންޓަރު ހުޅުވައިދެއްވީ މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީއެވެ. 

އަތޮޅު ތެރޭގައި އަލަށް ޤާއިމް ކުރި މި ދެ ސެންޓަރުން ފައިސާ ޖަމާކޮށް ފައިސާ ނެގުމުގެ ޙިދުމަތް ލިބޭނެއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ ކުރިއަށް އޮތްތާންގައި މި ސެންޓަރުތަކުގެ ޙިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ.

އެމްއައިބީގެ ގިނަ ޙިދުމަތްތައް އޮންލައިންކޮށް "އެޕްލައިނައު" މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ. އިސްލާމިކް ބޭންކުން ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ނުވަތަ އެހީއެއް ބޭނުންނަމަ މި ސެންޓަރުގެ މުވައްޒަފުންގެ އެހީ ހޯދުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަހުވަދޫއާއި މަހިބަދޫގެ އިތުރުން އެމްއައިބީ ސޭލްސް ސެންޓަރެއް ވަނީ ބ. އޭދަފުށީގައިވެސް ހުޅުވާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި މިފަދަ ސަރވިސް ސެންޓަރުތައް ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *