Ad

މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެ އާދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ސީ އެމްބިއުލާންސް ބޭއްވުމަށް ނިންމާފައިވަނީ ވިލިމާލޭގެ ބަނދަރުގައި ކަމަށާއި ސީ-އެމްބިއުލާންސް ބަލަހައްޓަމުން ގެންދާނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުން އެންމެ އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދެމުން ނުދާތީ، ހިދުމަތްތައް ރަނގަޅު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ

ރަސްމިއްޔާތުގައި ވިލިމާލޭގެ ރައްޔިތަކު ވެސް ވަނީ އޭނާގެ ޝުއޫރު ފާޅުކޮށްފައެވެ. އެގޮތުން ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަހްމަދު ޒާހިރު ބުނީ ވިލިމާލޭގައި ސީ-އެމްބިއުލާންސް އޮތުމުން އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *