Ad

އެމްއައިބީގެ ޙިދުމަތްތަކަށް ކޮންމެތަނަކުން، ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އޮންލައިންކޮށް މިހާރު އެދެވޭނެ!

އެމް.އައި.ބީގެ ޙިދުމަތްތަކަށް މިހާރު ކޮންމެތަނަކުން، ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އޮންލައިންކޮށް އެދެވޭނެ އިންތިޒާމް އެ ބޭންކުން ހަމަޖައްސަަައިފިއެވެ.

އެގޮތުން "އެޕްލައި ނައު" ޕޯރޓަލް މެދުވެރިކޮށް ބޭންކުގެ އެކައުންޓް ވަގުތުން ހުޅުވައި، އަދި އިންޓަނެޓް ބޭންކިންގްއަށް ރަޖިސްޓަރ ކުރެވޭނެއެވެ. މީގެ އިތުރުން އެމް.އައި.ބީގެ ކޮންމެ ބްރާންޗަކުން ނުވަތަ ސަރވިސް ސެންޓަރަކުން އިންސްޓަންޓް ބޭންކިންގް ކިޓެއް ނަގާލެވޭނެއެވެ. އަދި އިންސްޓަންޓް ބޭންކިންގް ކިޓްގައި ހިމެނޭ އިންސްޓަންޓް ވިސާ ޑެބިޓް ކާޑުގެ ކިއު.އާރް ކޯޑް ސްކޭން ކޮށްގެން ވަގުތުން ކާޑު އެކައުންޓަށް ލިންކް ކޮށްލެވޭނެއެވެ.

ފައިނޭންސިން ފެސިލިޓީތަކަށް އެދިލައްވާ ކަސްޓަމަރުންނަށް ޙިދުމަތް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން އުޖާލާ ނައު ޕޯރޓަލް މިދިޔަ އަހަރުގެ ފަހުކޮޅުގައި ވަނީ ތަޢާރަފްކޮށްފައެވެ. އެމް.އައި.ބީގެ ހުރިހާ ޙިދުމަތެއް ޑިޖިޓަލް ކުރެވިފައި ވާއިރު، މި ޙިދުމަތްތަކަށް އިތުރު ފުރިހަމަކަން ކުރިޔަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *