Ad

ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވެއްޖެ: ރައީސް މުއިއްޒު

މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެކަމަށް ހުރަސް އަޅާނެ މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،"އަބަދާ އަބަދު މި ގައުމުން މި ފެންނަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ހައްޔަރު ކުރާތަން، ނޫނީ އަދަބުދީ ބަންދު ކުރާތަން، ސިޔާސީ ވެގެން، އެހެނެއް ނޫން ކުށެއް ކޮށްގެން އަދަބު ދިނުމަކީ އެހެން ކަމެއް، ގާނޫނު ވެރިކަން ހިންގަން ޖެހޭނެ ޑިމޮކްރެސީއެއްގައި ވިއްޔާ، އަދި ގާނޫނުގެ އާސާސީގެ މަހްތުމަކީވެސް ގާނޫނުގެ ވެރިކަން ކުރުން،". ރައީސް ވިދާޅުވިއެވެ.

އަދި މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަންމަތީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމެއްގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަންވެސް ވިދާޅުވިއެވެ. އަދި ކޯޓުތައް ހިންގަނީ މިނިވަންކަމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *