Ad

އޭސިސީއިން ތައްޔާރުކުރި ފްލެޓް ލިސްޓް އެމްޑިޕީ ސަރުކާރުގެ ފްލެޓް ކޮމިޓީއަށް ދެނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި ފްލެޓް ލިސްޓް އޭސީސީއިން ތަހުގީގަށް ފަހު ތައްޔާރު ކުރި ފްލެޓް ލިސްޓް، ކުރީ ސަރުކާރުގެ ފްލެޓް ކޮމެޓީގެ ވެރިންނާއި ހިއްސާ ކުރަން ފާސްކޮށްފިއެވެ.

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް އުފެއްދި "ގެދޮރުވެރިންގެ ކޮމިޓީ"ގައި ފަސް ބޭފުޅަކު ތިއްބެވިއެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ވައިސް ޗެއާމަނަކަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. އެ ކޮމިޓީގައި ދެން ތިއްބެވީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އަދި މުހައްމަދު އާރިފެވެ.

ފްލެޓް މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެކަމާ މެދުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *