Ad

ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ސިއްހީ ވުޒާރާގެ ދަރަނި އޮތީ 300 މިލިއަންގައި- ހެލްތު މިނިސްޓަރު

މިނިސްޓަރު މިހެން ވިދާޅުވީ ފޭދޫއާއި ހިތަދޫގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ އޭނާ އެ ދައްކަވަނީ އާސަންދައާއި އެންސްޕާގެ ވާހަކަ ނޫން ކަމަށެވެ. އަދި މިއީ ސިއްހީ ވުޒާރާއާ ގުޅުން ހުރި ސިއްހީ ވުޒާރާގެ ދަށުން ހިނގާ އެކިއެކި މުއައްސާތަކަށް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ދަރަނި ދޫކޮށްލާފައިވާ ވާހަކަ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން މަޝްރޫއުތައް ދިނުމުގައި، ވެރިކަން ކުރި އެމްޑީޕީގެ މީހުންނަށް އިސްކަން ދީގެން މަޝްރޫއުތައް ހަވާލުކޮށްފައި ހުރި ކަމަށް ޚަލީލް ތުހުމަތު ކުރެއްވިއެވެ.

"މިއީ ރާއްޖޭގެ ތާރީޚުގައި، ފަހުގެ ތާރީޚުގައި ވެފައި ހުރި ކަންތަކެއް ނޫން. މިނިސްޓްރީ އޮފް ފިނޭންސްގެ ލިޔެކިޔުންތަކަށް ބަލާއިރުގައި މިހާ ހިސާބަށް ރާއްޖޭގެ މިފަހުގެ ތާރީޚުގައި އެފަދަ ފަންޑެއް ވިތުޑްރޯ ކޮށްގެން ޕްރޮޖެކްޓުތައް ހުއްޓިފައެއް ނުހުންނާނެ މި ނޫނިއްޔާ" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *