Ad

އައްޑޫ އިސްލާމީ މަރުކަޒު ބާރު ސްޕީޑުގައި ނިންމަނީ

އައްޑޫ ސިޓީ އިސްލާމީ މަރުކަޒު އަންނަ މެއި މަހު ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެ އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އަންނަ މެއި މަހު 4 އަށް މަރުކަޒުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި މިހާރު ފައުންޑޭޝަން ބުޑުތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަރުކަޒުގެ ބިންގާ އެޅިގެން ދިޔައީ މިދިޔަ އަހަރު ޖުލައި 26 ވަނަ ދުވަހުގައެވެ. ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރުން އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

އައްޑޫގައި ހަދާ އިސްލާމީ މަރުކަޒުގައި އެއް ފަހަރާ 1،500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުންނާނެކަމަށެ އޭރު މިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *