Ad

އެމްޑީޕީއަށް ބާރު އޮތީމަ، އަމަލު ކުރަނީ ހިތު ހުރިހާ ގޮތަކަށް: ރައީސް

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ގިނަ މެމްބަރުން ތިބުމުން މަޖިލިހުން އަމަލު ކުރަނީ ހިތު ހުރިހާ ގޮތަކަށް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން "ހަފްތާ 14″ ގައި ޕްލޭން ކުރި ގިނަ ކަންކަން ފުރިހަމަކޮށް، ބާކީ ކުރަން ހުރި ހުރިހާ ކަމެއް ވެސް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މަޖިލިހުގެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާ ކަން މިހާރު މަޖިލިހުގައި ހިނގަމުންދާ ކަންކަމުން ސާފުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިހަށް މެމްބަރުން އިންތިހާބު ކުރަން މި ލިބޭ ފުރުސަތުގައި ރައްޔިތުން ޒިންމާދާރުކަމާ އެކީގައި ތެދުވެރިކަމާއި އިހްލާސްތެރިކަން އިހްތިޔާރު ކުރަން އެދިވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *