Ad

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެ ވަނަ ފިޔަވަހި ފަށައިފި

ފުވައަމުލަކު މަގު ހެދުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހި ރައީސް މިއަދު ފައްޓަވައިދެއްވައިފިއެވެ.މި މަޝްރޫއު އިފްތިތާހު ކޮއްދެއްވީ ދެކުނުގެ ހަތަރު އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ކުދި މަގުތަކުގައި ތާރު އަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 50 މަގުގައި 12 ކިލޯމީޓަރުގެ ތާރު އަޅާނެކަމަށް އިރުވަރަށް ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކު މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *