Ad

ރައީސް މިއަދު ގއ އަދި ގދ އަށް!

ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ގއ އަދި ގދ އަތޮޅުގެ ރަށްތަކަށް މިއަދު ވަޑައިގަންވާނެ އެވެ.

ރައީސް ގއ އަދި ގދ ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު ގދ ފަރެސްމާތޮޑާއިންނެވެ. އެގޮތުން ފަރެސްމާތޮޑާ ހިމެނޭހޭން ރައީސް ގދ އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ. އެރަށްތަކަކީ ތިނަދޫ ސިޓީއާއި ގައްދޫ އާއި ފިޔޯރީގެ އިތުރުން މަޑަވެލި އަދި ތިނަދޫ ސިޓީއަށެވެ. އެގޮތުން މާދަމާ ރޭ ރައީސް ގދ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވަން ނިންމަވާފައިވަނީ ތިނަދޫ ސިޓީގައި އެވެ.

 

ގދ އަތޮޅަށްފަހު ރައީސް ގއ އަތޮޅަށެވެ. ރައީސް ގއ އަތޮޅަށް ކުރައްވާ ޒިޔާރަތް ފެއްޓުމަށް ހަމަޖެހިފައިވަނީ ގއ ގެމަނަފުށިންނެވެ. ގެމަނަފުށި ހިމެނޭހެން ގއ އަތޮޅުގެ ވެސް 5 ރަށަކަށް ރައީސް ވަޑައިގަތުމަށް ވަނީ ނިންމާފައި އެވެ. އެއީ ކޮނޑޭ އާއި ދާންދޫ އާއި ވިލިނގިލީގެ އިތުރުން ކޮލަމާފުށި އަދި ވިލިގިއްޔެވެ.

 

ރައީސް ގއ އަދި ގދ އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *